އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފިއެވެ.
ތެލުގެ އަގު ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑްތަކުން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ ލީޓަރެއް 12 ރުފިޔާ 06 ލާރި އަށް އަދި ޑީސަލް ލީޓަރެއް 12 ރުފިޔާ 44 ލާރިއަށެވެ.
މީގެކުރިން ޕެޓްރޯލް ލީޓަރެއް ވިއްކީ 11 ރުފިޔާ 16 ލާރިއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކީ 11 ރުފިޔާ 84 ލާރިއަށެވެ.
ކޮވިޑްގެ ބަލިމަޑުކަމާއި އެކު ދުނިޔޭގެ ބާޒާރުގައި ތެލުގު އަގު އުފުލެމުން އަންނައިރު. މިހާރު ދުނިޔޭގެ ތެލުގެ އަގު ހުރީ ފާއިތުވި 7 އަހަރު ތެލުގެ އަގު ބޮޑުނުވާ މިންވަރަށް ބޮޑުވެފައެވެ. މިއާ އެކު ތެޔޮ ގަންނަން ލިބޭ އަގުވެސް ވަނީ ވަރަށް ބޮޑަށް އުފުލިފައި ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ފީފާއެއް 86.71 ޑޮލަރު (1،337ރ.) އަށް އަރައިފަ އެވެ. މިއީ މި އަހަރު ފެށުނު ހުރި އަގާ އަޅާ ބަލާއިރު 10 ޕަސެންޓުގެ އިތުރުވުމެކެވެ.
ތެލުގެ އަގު އެންމެ ފަހުން ކަންބޮޑުވާ ވަރަށް އުފުލުނީ 2014 ވަނަ އަހަރު އެވެ. އެއީ ފީފާއެއް 115 ޑޮލަރަށެވެ.


