ރައީސް އޮފީސް ގޮއްވާލާނެ ކަމަށް ބުނި މީހަކު ހައްޔަރު ކޮށްފި

ޚަބަރު ފަހުގެ

ރައީސް އޮފީސް ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން މިއަދު ބުނީ، މި މަހުގެ 19 ވަނަ ދުވަހުގެ ވަގުތެއްގައި ރައީސް އޮފީސް ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މީހަކު އިއްޔެގެ ވަގުތެއްގައި ހައްޔަރު ކޮށްފައި ވާކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމީހާ ވަނީ ރައީސް އޮފީހުގެ ސެކިއުރިޓީ ބަލަހައްޓަން ތިބޭ އެމްއެންޑީއެފް މީހުން ކައިރިއަށް ގޮސް ރައީސް އޮފީހުގެ ތެރޭ ތިބި ބޭފުޅުން ބޭރަށް ނިކުތުމަށް އަންގާ ރައީސް އޮފީސް ގޮއްވާލާނެ ކަމަށް އިންޒާރު ދީފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ އާއި ގުޅިގެން އެމީހާ ހައްޔަރު ކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. ހައްޔަރު ކޮށްފައި ވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް 7 ދުވަސް ޖަހާފައެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ