ކެތިއަރާ ހެޕީމާކެޓް އީދު އުފާ ވޮލީ މުބާރަތުގެ ފައިނަލް މާދަންރޭ

ހަނިމާދޫ ކުޅިވަރު ފަހުގެ

ކެތިއަރާއިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ ހެޕީމާކެޓް އީދު އުފާ ވޮލީ މުބާރާތުގެ ފައިނަލުގެ ދެ ޖާގަ ޔޫތު ފުރެންޑްސް އަދި ކޮޅުދާލި ކަށަވަރު ކޮށްފިއެވެ.

ފައިނަލްގައި ވާދަކުރާނެ ޓީމް ތައް ކަނޑައެޅުމަށް ޓަކައި ރޭ ކުޅެވުނު ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ވާދަކުރީ ކޮޅުދާލި އަދި ޓީމް ދީބޭ އެވެ. މިމެޗު 3 – 2 ކާމިޔާބު ކުރީ ކޮޅުދާލިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ވާދަވެރި ކުޅުމެށް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ސެޓު 25-13 އިން ކޮޅުދާލި ކާމިޔާބުކުރި އިރު ދެވަނަ ސެޓު 25-22 ކާމިޔާބު ކުރީ ދީބޭ އެވެ. ތިންވަން ސެޓުގައި ދާތި ހަމަ ހަމަ ކުޅުމެށް ފެނުނު އިރު 25-22 ހުން ކާމިޔާބު ކުރީ ކޮޅުދާލިއެވެ. ހަތަރު ވަނަ ސެޓަށް ނުކުމެ 4 ޕޮއިންޓުގެ ތަފާތުން 25-21 ވީހުން މިސެޓު ގެންދިޔާ ދީބޭ އެވެ. ކޮންމެ ބަޔަކު 2 ސެޓް ގެންދިޔުމުން، ނަތީޖާ ނެރެން ކުޅެވުނު 5 ވަނަ ސެޓު 4 ފޮއިންޓުގެ ފަރަގާއިއެކު ކޮޅުދާލިވަނީ ކާމިޔާބު ކޮށްފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކޮޅުދާލި ޓީމުގެ ޖާޒީ ނަންބަރު 19 އަބުދުލްﷲ ޝާކިރެވެ.

ރޭ ކުޅެވުނު ދެވަނަ ސެމީފައިނަލުގެ ވާދަކުރީ ޔޫތު ފުރެންޑްސް އަދި މުގުރު އެވެ. ސީދާ 3 ސެޓުން މި މެޗު ކާމިޔާބު ކުރީ ޔޫތު ފުރެންޑްސް އެވެ.

ފުރަތަމަ ސެޓްގައި އެއްވެސް ދަތިކަމެއް ނެތި 25-15 ކާމިޔާބުކުރީ ޔޫތު ފުރެންޑްސް އެވެ. ދެވަނަ ސެޓްގައި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު 25-20 ކާމިޔާބު ކުރީ ޔޫތު ފުރެންޑްސް އެވެ. ތިންވަނަ ސެޓް ފަސޭހަކަމާއިއެކު 25-15 ކާމިޔާބު ކުރީ ޔޫތު ފުރެންޑްސް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޔޫތު ފްރެންޑްސްގެ ޖާޒީ ނަންބަރު 7، ހުސައިން ޝަރީފް އެވެ.

މާދަން ރޭ އަންހެން އަދި ފިރިހެން ފައިނަލް ކުޅުމަށްވަނީ ހަމަޖެހިފައެވެ. އަންހެން ކަނބަލުންގެ ފައިނަލު ގައި ވާދަކުރާނީ ސުޕާކު އަދި އުއްމީދު އެވެ.

Abdulla Nasir📸

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ