އިންޑިއާއަށް އަނބިދަރިން ވެސް ވިއްކައިފި: ޔާމީން

ފަހުގެ ސިޔާސީ

ރާއްޖޭގެ ހުރިހާ ކުންފުންޏަކާއި ބިމެއް އަދި އަނބިދަރިންވެސް އިންޑިއާއަށް ވިއްކާލާފައިވާ ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މިއަދު ރ. ދުވާފަރުގައި ބޭއްވި “އިންޑިއާ އައުޓް” ހަރަކާތުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، ކިތަންމެ ބޮޑު ކަމެއް ވިޔަސް، ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް އަވަށްޓެރި ގައުމަކުން އަތް ބާނާކަށް ނުޖެހޭނެ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަދި އިދިކޮޅުގެ ބައިނަލްއަގުވާމީ ފިކުރަކީ ރާއްޖެއަކީ ހުރިހާ ގައުމަކާ އެކުވެސް ރަހުމަތްތެރިކަން އޮންނަ ގައުމެއްގެ ގޮތުގައި ބޭއްވުން ކަމަށާއި ނަމަވެސް ދޭދޭ ގައުމުތަކާ މެދު ރަހުމަތްތެރިކަން އޮންނާނީ އިހުތިރާމާއެކީގައި އެއް ބަޔަކު އަނެއް ބައެއްގެ ދާހިލީ ކަންކަމާ ނުބެހި، އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވާ ގުޅުމެއް ބާއްވާނަމަ ކަމަށް ވިދާޅުވި އެވެ.

އިންޑިއާ އައުޓް ހަރަކާތް ހުއްޓަންޖެހޭ ކަމަށް ބުނާ ވާހަކައަށް ރައްދު ދެއްވަމުން ޔާމީން ވިދާޅުވީ، އެ ހަރަކާތް ހުއްޓާލަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެފަދަ އެއްވެސް ސަބަބެއް ނުވެސް ދެއްކޭނެ ކަމަށެވެ. އަދި އިންޑިއާ އައުޓް ހަރަކާތަކީ ދިވެހިންގެ މިނިވަންކަމުގެ ސިފާއުގައި ކުރާ ބޮޑު ގައުމީ ޖިހާދެއް ކަމަށާއި އެ ހަރަކާތް ހުއްޓަންޖެހޭ އެއްވެސް ސަބަބެއް ސަރުކާރަށްވެސް ނުދެއްކޭނެ ކަމަށް ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ، ރާއްޖޭގެ އިސްގިތުލާލަށް މިހާ އުދަނގޫ ދުވަސްތަކެއް ނާންނަ ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ކުންފުންޏެއް ވިއްކާލާފައި އޮތުމުން ވަޒީފާ އުފައްދާނެ ފުރުސަތެއް ނެތް ކަމަށް ވިދާޅުވި އެވެ.

“ރާއްޖޭގައި އެބަ އޮތްތޯ ވަޒީފާ އުފައްދާނެ ފުރުސަތެއް. ހުރިހާ ކުންފުނިތައް ވިއްކާލައިފި. ތަނެއްގައި ބިން ކޮޅެއް އޮތިއްޔާ އެ ބިންކޮޅު ވިއްކާލާފައި. ރިސޯޓެއް އޮތިއްޔާ އެ ރިސޯޓެއް ވިއްކައިފި. އެއާޕޯޓު އޮތިއްޔާ އެއާޕޯޓުވެސް ވިއްކައިފި. އަނބިދަރިންވެސް ވިއްކައިފި. ގައުމުގެ އިސްތިގުލާލަށް މިހާ އުދަނގޫ ދުވަސްތަކެއް ނާދޭ.،” އިންޑިއާއަށް ނިސްބަތްކޮށް ޔާމީން ވިދާޅުވި އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ