ރައީސް ސޯލިހް ކޮވިޑަށް ފައްސިވެއްޖެ

ޚަބަރު ފަހުގެ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭންގައި ބައިވެރިވެވަޑައިގަންނަވަން އެ ދާއިރާއަށް ދަތުރުފުޅު ކުރެއްވުމުގެ ކުރިން ރައީސް ސޯލިހް ވަނީ ޓެސްޓް ކުރައްވައިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަތޮޅުތެރެއަށް ދަތުރުފުޅު ކުރެއްވުމަށް ހެއްދެވި ޕީސީއާރު ޓެސްޓްގެ ނަތީޖާ ލިބިވަޑައިގެންނެވިއިރު، އެމަނިކުފާނު ވަނީ ބައްޔަށް ފައްސިވެފައެވެ.

ކޮވިޑަށް ޕޮޒިޓިވް ނަމަވެސް ހާލު ރަނގަޅު ކަމަށާއި، އަދި މިވަގުތުހުރީ ގޭގައި އެކަހެރި ވެގެން ކަމަށް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ