އަޅުގަނޑަށް ތުހުމަތުކުރެވޭ ކޮރަޕްޝަނެއް އޮތްނަމަ އޭސީސީއަށް ހުށަހަޅާ

ޚަބަރު ފަހުގެ

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް ތުހުމަތުކުރެވޭ ކޮރަޕްޝަނެއް އޮތްނަމަ އެ މައްސަލައެއް އޭސީސީ އަށް ހުށަހެޅުމަށް މާރިޔާ ގޮވާލައްވައިފި އެވެ.

މާރިޔާ މިކަމަށް ގޮވާލީ އެކަމަނާގެ ދަރިކަލުން އިނގިރޭސި ވިލާތުން 1.5 މިލިޔަން ޕައުންޑަށް ގެއެއް ބައްލަވައިގެންފައިވާ ކަމަށާއި އެ މުއާމަލާތްކޮށްފައިވަނީ ގާނޫނާ ހިލާފަށް ހޯދާފައިވާ ފައިސާތަކެއްގެ ތެރެއިން ކަމަށް ބުނެ އާއްމު ފަރާތަކުން ކުރި ތުހުމަތަކާ ގުޅިގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެކަމާ ގުޅިގެން މާރިޔާ ވިދާޅުވީ އެކަމަނާގެ ދަރިކަލުންނަކީ އިނގިރޭސި ވިލާތުގައި ގާނޫނީ ވަކީލެއް ކަމަށާއި އޭނާގެ މަސައްކަތާއި އަދި އޭނާގެ އާމްދަނީ މިސަރުކާރާ ގުޅުވާ، އިންތިޚާބުތަކާ ދިމާކޮށް ހަދާ ސުރުޚީ އަކަށް ވުމަކީ ދެރަކަމެއް ކަމަށެވެ.

މާރިޔާ ވިދާޅުވީ އެކަމަނާގެ ދަރިކަލުންނަކީ އެމްޑީޕީ ހިމެނޭ ސަރުކާރެއްގައި ވެސް އަދި ދައުލަތުގެ މަޤާމެއް ނޫނީ ވަޒީފާއެއް އަދާކުރި ނުވަތަ ކުރާ މީހެއް ނޫން ކަމަށެވެ. އެގޮތުން އެއީ ފެށުނީއްސުރެ ރާއްޖެއިން ބޭރުގައި އަމިއްލަ މަސައްކަތް ކުރާ ފަރާތެއް ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.

ކޮރަޕްޝަންގެ މައްސަލައެއް އޮތް ނަމަ އޭސީސީ އަށް ހުށަހަޅަން މާރިޔާ ގޮވާލެއްވިއިރު އޭސީސީގައި ތިއްބެވި ހުރިހާ މެމްބަރުން މަގާމުން އިސްތިއުފާ ދެއްވުމުން އެ ކޮމިޝަނުން މިވަގުތު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ