ރާއްޖެއިން އިތުރު 2609 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 1427 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށް ކަމަށެވެ. އަދި އަތޮޅުތެރެއިން 783 ކޭސް އަދި ރިސޯޓުތަކުން 109 ކޭސް އަދި ސާމްޕަލް ނެގި ވަކިތަނެއް ނޭނގި 290 ކޭސް ފެނިފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 122،777 އަށް އަރާފައެވެ.
ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 16،666 ކޭސް އެވެ. މި ބަލިން 105،827 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 57 މީހަކަށެވެ. މި ބަލީގައި 271 މީހަކު ވަނީ ނިޔާވެފައެވެ.


