ގާނޫނުގައި ބުނާ މުއްދަތުގައި ހދ އަތޮޅުގެ ހުރިހާ ރަށަކުން ވެސް ވަނީ ބަޖެޓް ފާސްކޮށްފައި

ޚަބަރު ފަހުގެ

ގާނޫނު ނަންބަރު 07/2010 ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 93 ވަނަ މާއްދާގައިވާ ގޮތުގެމަތީން، ހދ. އަތޮޅުގެ ހުރިހާ ކައުންސިލަކުން ވެސް އެ ކައުންސިލެއްގެ 2022 ވަނަ އަހަރުގެ ބަޖެޓް މުއްދަތުގައި ފާސްކޮށްފައިވާ ކަމަށް ހދ. އަތޮޅު ކައުންސިލުން ބުނެފިއެވެ.

މުއްދަތުގައި ބަޖެޓު ފާސްކުރި ކައުންސިލްތަކުގެ ލިސްޓް ހާމަ ކުރުމަށް މިއަދު ހދ. އަތޮޅު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހދ. އަތޮޅުގައި ހިމެނޭ މީހުން ދިރިއުޅޭ 12 ރަށުން 15 ޖެނުއަރީ 2022 ގެ ކުރިން ބަޖެޓު ފާސްކޮށްފައިވާ ކަމަަށްވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހދ.އަތޮޅު ކައުންސިލުންވަނީ ޤާނޫނުގައި ބުނެފައިވާ މުއްދަތުގައި 2022 ގެ ބަޖެޓު ފާސްކޮށް ފޮނުވި ކައުންސިލުތަކަށް ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ އެކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

ކައުންސިލްތަކުގެ ބަޖެޓަކީ، ކައުންސިލްތަކަށް ދައުލަތުން ދޭ ބްލޮކް ގްރާންޓާއި އެނޫންވެސް ގޮތްގޮތުން ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ ހިމަނައިގެން، އެ ފައިސާ ހަރަދު ކުރާނެ ގޮތް ބަޔާންކޮށް ތައްޔާރު ކުރާ ބަޖެޓެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ