ހަތަރު ވަނަ ކުއާޓަގައި އެސްޓީއޯގެ އާމްދަނީއަށް 3.3 ބިލިޔަން ރުފިޔާ ލިބިއްޖެ

ޚަބަރު ފަހުގެ

އެސްޓީއޯއަށް މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަގައި ޖުމްލަ އާމްދަނީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ލިބިއްޖެކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

އެކުންފުނީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަގެ ހިސާބުތަކުން ދައްކާގޮތުގައި ތިން ކުއާޓާ އާ އަޅާ ބަލާއިރު އެންމެ ފަހު ކްއާޓާގައި 31 އިންސައްތައިގެ އާމްދަނީގެ ކުރިއެރުމެއް ލިބިފައި ވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ކުންފުނިން ކުރަމުން ގެންދާ ވިޔަފާރިތައް ރަނގަޅުވުމާ އެކު މިދިޔަ އަހަރުގެ އެއް ކުއާޓަ އިން އަނެއް ކުއާޓާއަށް ލިބުނު އާމްދަނީ އިތުރުވެފައިކަމަށް އެކުންފުނިން ބުނެއެވެ.

އެހެންކަމުން މިދިޔަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 10 ބިލިއަން ރުފިޔާ ލިބިފައިވާކަމަށާއި، މިއީ އޭގެ ކުރީ އަހަރާއި އަޅާ ބަލައިއިރު 41 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.

މީގެ މައިގަނޑު ސަބަބަކީ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އިތުރުވުމާއި އެސްޓީއޯއިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާއި ބަލައި 26 އިންސައްތަ އިތުރުވެފައިވުން ކަމަށާއި، އަދި ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރައި މި ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވުން ހިމެނޭކަމަށް އެސްޓީއޯއިން ބުނެއެވެ.

ކުންފުނީގެ ޖުމްލަ އާމްދަނީ އިތުރު ކުރެވުމާ އެކު ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 1.5 ބިލިއަން ރުފިޔާ ލިބިފައި ކަމަށާއި، މިއީ އޭގެ ކުރީ އަހަރާއި އަޅާބަލައި ހަތެއް އިންސައްތައިގެ ކުރިއެރުމެއް ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ ޓެކްސްއަށް ކެނޑުމަށް ފަހު މިކުއާޓާގެ ސާފު ފައިދާއަކީ 131 މިލިއަން ރުފިޔާކަމަށާއި ޓެކުހަށް ކެނޑުމުގެ ކުރިން، މުޅި އަހަރުގެ ސާފު ފައިދާގެ ގޮތުގައި ވަނީ 571 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލައި 32 އިންސައްތައިގެ ކުރިއެރުމެއް ކަމަށާއި، މީގެ މައިގަނޑު ސަބަބަކީ، ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާ އެކު ހިންގުމުގެ ހަރަދު އެއްވަރެއްގައި ހިފެހެއްޓުމާއި ފައިނޭންސް ކުރުމުގެ ހަރަދު ކުޑަކުރެވުން ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އެކުންފުނިން ޓެކްސްއަށް ކެނޑުމަށް ފަހު މިއަހަރުގެ ސާފު ފައިދާއަކީ 478 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަަލާއިރު 33 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ