ކޮވިޑް-19 ގައި އިތުރު ދިވެއްސަކު ނިޔާވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ މި ބަލީގައި އެންމެފަހުން ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މިއީ މި ބަލީގައި ރާއްޖެ އިން ނިޔާވި 274 ވަނަ ފަރާތެވެ.
ރާއްޖޭގައި މިވަގުތު ކޮވިޑްގެ 16،000 އަށް ވުރެ ގިނަ އެކްޓިވް ކޭސް އުޅޭއިރު، 57 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.


