1441 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތުގައި ކެތިއަރާގެ ފަރާތުން “ހެޕީމާކެޓް ޢީދު އުފާ” ގެ ނަމުގައި ކުރިއަށް ގެންދިޔަ ވޮލީ ބޯޅަ މުބާރާތުގެ ފައިނަލް މެޗުތައް ފަސްކޮށްފިއެވެ.
ކެތިއަރާގެ ރަސްމީ ފޭސްބުކް ޕޭޖްގައި ދާދި ދެންމެއަކު އާންމުކުރި ޕޯސްޓެއްގައި ބަޔާންކޮށްފައިވަނީ، ފައިނަލް މެޗުތައް ލަސް ކުރަންޖެހުނީ ކޯވިޑް 19 ގެ ބަލިމަޑުކަމުގެ ހާލަތު ރާއްޖޭގައި ގޯސްވަމުން ދިއުމާއިއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީންނާއި، އެޗު.އީ.އޯ.ސީ އިން ކުޅިވަރު މުބާރާތްތައް ކެންސަލް ކުރުމަށް އެންގުމާއި ގުޅިގެންކަމަށެވެ.
މި މުބާރާތުގެ ފައިނަލް މެޗުތައް އެޗު.ޕީ.އޭ އަދި އެޗު.އީ.އޯ.ސީ އިން ހުއްދަ ލިބުނުހާ އަވަހަކަށް ބާއްވާނެކަމަށް ވެސް ކެތިއަރާއިން ހާމަކޮށްފައިވެއެވެ.


