ރާއްޖެއިން މިއަދު އިތުރު 2499 މީހުން ކޮވިޑް-19 އަށް ފައްސި ވެެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 1280 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށް ކަމަށެވެ. އަދި އަތޮޅުތެރެއިން 697 ކޭސް އަދި ރިސޯޓުތަކުން 56 ކޭސް އަދި ސާމްޕަލް ނެގި ވަކިތަނެއް ނޭނގި 465 ކޭސް ފެނިފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 128،089 އަށް އަރާފައެވެ.
ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 16،950 ކޭސް އެވެ. މި ބަލިން 110،852 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 54 މީހަކަށެވެ. މި ބަލީގައި 274 މީހަކު ވަނީ ނިޔާވެފައެވެ.


