ކޮވިޑް ޖެހިގެން ނައިފަރުން މީހަކު ނިޔާވެއްޖެ

ޚަބަރު ފަހުގެ

ކޮވިޑް-19 ޖެހިގެން ޅ.ނައިފަރު ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ އަންހެނަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭ އިން ވިދާޅުވީ ނައިފަރު ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވީ 66 އަހަރުގެ އަންހެނެއް ކަމަށެވެ. އޭނާ ނިޔާވީ މިއަދު ހެނދުނު 08:05 ކަންހާއިރު ކަމަށް އެޗްޕީއޭ އިން ބުނެއެވެ. ނަމަވެސް އޭނާ ނިޔާވިކަން އެޗްޕީއޭ އިން އިއުލާން ކުރީ މީގެ އިރުކޮޅެއް ކުރިންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ކޮވިޑްގައި މިއަދު މީހަކު ނިޔާވުމާއި އެކު ރާއްޖެ އިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 175 އަށް އަރާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ