މާފަރު އަދި މަތިވެރީގައި ސެލްފް ސާރވިސް އޭ.ޓީ.އެމެއް ޢިމާރާތެއް ހެދުމަށް އިޢުލާނުކޮށްފި

ޚަބަރު ފަހުގެ

ނ. މާފަރު އަދި އއ.މަތިވެރީގައި ސެލްސާރވިސް އޭ.ޓީ.އެމް ޢިމާރާތެއް ހެދުމަށް އިޢުލާނުކޮށްފިއެވެ.

އިއްޔެ ބެންކު އޮފް މޯލްޑިވްސްގެ ފަރާތުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ، އެ މަސައްކަތަށް ބީލަން ހުށަހަޅުއްވަން ބޭނުންފުޅުވާ މަޢުލޫމާތު ޝީޓް އަދި ބީލަމާ ގުޅޭ ލިޔުންތައް އެ ބެންކުގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށާއި އެކަމަށް ޝަޢުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެ ބެންކުން އަންގާފައިވާގޮތުގެ މަތިން އަންދާސީ ހިސާބު ހުށަހެޅުން އެދޭކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ބެންކުން ހާމަކުރައްވާގޮތުގައި މަޢުލޫމާތު ސާފުކުރުން އޮންނާނީ 06 ފެބުރުވަރީ 2022 ވަނަ ދުވަހުގެ މެންދުރު 02:00 ގައި ނ.މާފަރު އަދި އއ.މަތިވެރީ ކައުންސިލް ޢިދާރާ ނުވަތަ ބޭންކު އޮފް މޯލްޑިވްސް ޕލކ ހެޑް އޮފީސް ބިލްޑިންގ 5 ވަނަ ފަންގިފިލާ، ޕްރޮކިއުމަންޓް މީޓިން ރޫމުގައި ކަމަށެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ބޭންކަށް ވަޑައިގެންކަމަށާއި އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނީ 15 ފެބުރުވަރީ 2022 ވަނަ ދުވަހުގެ މެންދުރު 02:00 ގައި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ