ކޮވިޑު ޖެހިފައި ހުއްޓައި ވިހެއި މާބަނޑު މީހުންގެ ތެރެއިން ވިހެއި ތިން ކުއްޖަކަށް މިވަގުތު ފަރުވާ ދެމުންދާ ކަމަށް އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޑަރު، ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.
ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ތުއްތު ކުއްޖަކަށް، ޕީޕީއީ ލައިގެން ތިބި ދެ ނަރުހުން ފަރުވާ ދެމުންދަނިކޮށް ނަގާފައިވާ ފޮޓޯއަކާއެކު ފައިސަލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވްވާ ކުޑަކުދިން އެޑްމިޓްކުރާ ވޯޑުގައި މިހާރުވެސް ހަ ކުއްޖަކު އެޑްމިޓްކޮށް، ފަރުވާ ދެމުންދާ ކަމަށެވެ.
އޭގެ ތެރެއިން ތިން ކުއްޖަކީ، ކޮވިޑު ޖެހިފައި ހުއްޓައި ވިހެއި މަންމައެއްގެ ފަރާތުން ބަލި ޖެހިފައިވާ ތިން ކުއްޖެއް ކަމަށާއި އަދި އެކުދިންގެ ތެރެއިން ދެ ކުއްޖަކަށް ފިޓު ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.


