ކޮވިޑް-19 ޖެހިގެން މިއަދު ރާއްޖޭން ދެވަނަ މީހަކު ނިޔާވެއްޖެއެވެ.
މި ބަލި ޖެހިގެން މިއަދު ފުރަތަމަ އަށް ނިޔާވެފައިވަނީ ޅ. އަތޮޅު ނައިފަރު ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ 83 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، މި ބަލި ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 72 އަހަރުގެ ދިވެހި އަންހެނަކު 2:05 ގައި ނިޔާވެފައިވާ ކަމަށެވެ.
މިއާއި އެކީ ރާއްޖޭން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 280 އަށް އަރާފައެވެ.


