ރައީސް ވިދާޅުވީ ގޮތަށް ބޭރު ތޮށީގައި ރިވެޓްމަންޓު ޖަހައިދޭން ގޮވާލާ ހަނިމާދޫ ބަނދަރުގައި ބެނާ ދަމައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ރައިސް ވިދާޅުވީ ގޮތަށް ބޭރު ތޮށީގައި ރިވެޓްމަންޓު ޖަހައިދޭން ގޮވާލާ ހަނިމާދޫ ބަނދަރުގައި ބެނާ ދަމައިފިއެވެ.

މިއަދު ހެނދުނު ހަނިމާދޫ ބަނދަރުގައި ދަމާފައިވާ ބެނާގައި ލިޔެފައި ވަނީ ” ރައީސް ވިދާޅުވީ ގޮތަށް ބޭރު ތޮށީގައި ރިވެޓްމަންޓު ޖަހައިދީ” މިފަދައިންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހަނިމާދޫ ބަނދަރު މަސައްކަތް ފެށީންސުރެން ހަނިމާދޫ ރައްޔިތުން ދިޔައީ ހަނިމާދޫ ބަނދަރުގެ ބޭރުތޮށީގައި ރިވެޓްމަންޓު ޖަހައިދީ ބޭރު ތޮށި ބޭނުން ހިފޭހެން ހަދައިދޭން އެދެމުންނެވެ.

މި އެދުމަށް ފެހި ސިގުނަލެއް ލިބިގެން ދިޔައީ މިދިޔައަހަރު ޖޫން މަހުގެ މެދުތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަނިމާދޫއަށް ޒިޔާރަތްކުރާއްވާ ރައްޔިތުންގެ ޝަކުވާތައް އަޑުއަހާ ރައްޔިތުން އެދޭގޮތަށް ރިވެޓްމަންޓު ޖަހައިދޭނެކަމަ ވިދާޅުވުމުންނެވެ.

އެގޮތުން ސެޕްޓެމްބަރ މަހު ވަނީ ރިވެޓްމަންޓު ޖަހާގޮތަށް ކުރެހުމެއްވެސް ހަނިމާދޫ ކައުންސިލަށް ލިބިފައެވެ. އެ ކުރެހުމާ އެގޮތަށް އެކަން ނުކުރެވޭނެ ކަމަށާ ދެފަރާތުގައި ހިލަ ޖަހާ މެދަށް ވެލިއެޅި ދާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނާކަމަށް ކައުންސިލް މެންބަރު ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިހާރު ބޭރު ތޮށި ޖަހަން ފަށާފައިވަނީ ދެފަރާތުގައި ހިލަޖަހާ މެދަށް ވެލިއަޅާ ގޮތަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ