ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހޯދާ ދަރިވަރުންނަށް ދޫކުރަން ނިންމާފައިވާ ލޯނަށް އެދުމުގެ ފުރުސަތު ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
އެތަނުން ބުނީ މި ފަހަރު ލޯނު ދޫކުރަން ނިންމާފައި ވަނީ 720 ދަރިވަރަކަށެވެ. ލޯނަށް އެދި ފޯމު ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.
މިނިސްޓްރީން ބުނި ގޮތުގައި މި ފަހަރު ލޯން ދޫކުރާ ސްކީމުގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންގެ ގޮތުގައި ބަލާނީ ޖެނުއަރީ 1، 2022 ގެ ފަހުން ކިޔަވަން ފަށާ ދަރިވަރުންނާއި އެ ތާރީހުން ފެށިގެން މިހާރު ކިޔަވަމުންދާ ދަރިވަރުންނެވެ.
މިއަދު އިއުލާންކުރި ލޯނުގެ 720 ފުރުސަތުގެ ތެރެއިން 417 ފުރުސަތަކީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް އަދި މިހާރު ވެސް ކިޔަވަމުން އަންނަ ދަރިވަރުންނަށް 303 ދަރިވަރަކަށް ދޭން ނިންމާފައިވާ ލޯނެވެ. އަދި ކުރިން ކުރިން އިންޓަރެސްޓަށް ނަގަމުން އައި ތިން ޕަސެންޓްގެ މި ފަހަރު ވަނީ ޕަސެންޓަކަށް ދަށްކޮށްފަ އެވެ.
މި ފަހަރު ދޫކުރާ ލޯނުގެ ތެރެއިން ރާއްޖޭގައި އެމްބީބީއެސް ކިޔަވަމުން އަންނަ ދަރިވަރުންނަށް 40 ސްލޮޓު ވަނީ ހާއްސަކޮށްފައިވެ އެވެ.


