މިއީ ފަނޑިޔާރުގެއަށް ފާޑުކިޔަންޖެހޭ ވަގުތެއް ނޫން: ޢަބްދުލްޣަފޫރު

ޚަބަރު ފަހުގެ

މިއީ ފަނޑިޔާރުގެއަށް ފާޑުކިޔަންޖެހޭ ވަގުތެއް ނޫންކަމަށް ހަނިމާދޫ ދާއިރާގެެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން ޢަބްދުލްޣަފޫރު ވިދާޅުވީ ފަނޑިޔާރުގެތަކަކީ ދައުލަތުގެ މުއައްސަސާގެ ދަށުން ހިނގަމުންދާ ތަންތަނަށްވީ ހިނދު، ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން ފަނޑިޔާރުންނަށް ޗުއްޓީގެ ކަންތައްތައް ހަމަޖެހިގެން ދިއުމަކީ އެންމެ އިންސާފުވެރި ގޮތް ކަމުގައި ގަބޫލުކުރައްވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހަމައެހެންމެ އަބަދު ވެސް ފަނޑިޔާރުގެ ރަނގަޅުކުރުމުގެ ވިސްނުމެއްގައި ވާހަކަދައްކަން ޖެހޭނެ ކަމަށާއި، މިއީ ފަނޑިޔާރުގެއަށް ފާޑުކިޔަންޖެހޭ ވަގުތެއް ނޫންކަމަށް ޢަބްދުލްޣަފޫރު ވިދާޅުވިއެވެ.

ޢަބްދުލްޣަފޫރު ވިދާޅުވީ މިއީ ދައުލަތުގެ އެހެން މުއައްސަސާތަކެކޭ އެއްގޮތަށް ފަނޑިޔާރުންނަށް ވެސް ޗުއްޓީއާއި އިނާޔަތްތައް ހަމަޖައްސަންވީ ވަގުތު ކަމަށެވެ.

ޢަބްދުލްޣަފޫރު ވަނީ ފަނޑިޔާރުގެއަށް ހުށަހެޅޭ ވަރަށް ބޮޑެތި މައްސަލަތް ސާބިތުނުވެދާކަން ވެސް ފާހަގަކުރައްވައިފައެވެ. ނަމަވެސް ސާބިތު ނުވަނީ ކީއްވެތޯ މީ އުފައްދަންޖެހޭ ސުވާލެއްކަމަށް އޭނާ ވިދާޅުވިއެވެ.

އެ ގޮތުން ޢަބްދުލްޣަފޫރު ވަނީ އެއީ ޕީޖީގެ މައްސަލައެއްތޯ ތަޙްޤީޤީ އިދާރާއެއްގެ މައްސަލަތޯ ފަނޑިޔާރުގޭގެ މައްސަލައެއްތޯ ދެނެގަންނަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި މިކަން ރަނގަޅަށް ދެނެނުގަނެ ފާޑުކިޔުންތައް އަމާޒުކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ