ރާއްޖެއިން އިތުރު 1،090 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 338 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 549 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން 77 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ. ސާމްޕަލް ނެގި ވަކިތަނެއް ނޭނގި 132 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 16،095 މީހުންނެވެ. މިހާތަނަށް 138،117 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށް 60 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
ރާއްޖޭގެ ކޮވިޑް މަރުގެ ނަންބަރު ވަނީ 286 އަށް އަރާފައެވެ.


