ފަސް ރަށެއްގައި ހައުސިންގ ޔުނިޓް އަޅާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
އެގޮތުން ހދ، ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓް އެޅުމަށް ހުޅުވާލާފައިވާއިރު ލ. ގަމުގައި 100 ހައުސިން ޔުނިޓް އެޅުމަށް ވަނީ ނިންމާފައެވެ. ށ. މިލަންދޫގައި 50 ހައުސިންގ ޔުނިޓާއި ގއ. ވިލިނގިލީގައި 50 ހައުސިންގ ޔުނިޓް އަދި ނ. ހޮޅުދޫގައި 30 ހައުސިންގ ޔުނިޓް އެޅުމަށް ނިންމާފައި ވާއިރު މި ހައުސިން ޔުނިޓް އެޅުމަށް ޝައުގުވެރިވާފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މީގެ އިތުރުން ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ބުނީ މި މަސައްކަތާ ބެހޭ އެންމެހައި ލިޔެކިޔުންތައް މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.
އަދި މި މަސައްކަތައް ބީލަން ހުށައެޅުމަށް ހަމަޖެހިފައިވަނީ މާޗްމަހުގެ 3 ވަނަ ދުވަހު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ.


