އަަޅުގަނޑު ބުނީމަ ގަބޫލުކުރައްވާ، އުތުރު ތިލަފަޅަކީ ދިވެހި ދައުލަތުގެ ބާރުހިނގާ ތަނެއް ނޫން – ޔާމީން

ޚަބަރު ފަހުގެ ސިޔާސީ

އުތުރު ތިލަފަޅަކީ ދިވެހި ސިފައިންގެ ބާރު ހިނގާ ތަނެއް ނޫން ކަމަށާއި، މިއީ ފުރިހަމައަށް އިންޑިއާގެ އަސްކަރިއްޔާގެ ބާރުގެ ދަށުގައި އޮތް ތަނެއް ކަަމަށް ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ ރ މީދޫގައި މިއަދު ބޭއްވި ހިނގާލުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރައީސް ޔާމީންގެ ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި “ބަނޑަހަ ޖަހައިގެން” އިންޑިއާ ސިފައިން އެބަ ތިބި ކަމަށެވެ.

އަދި އުުތުރުތިލަފަޅަކީ ދިވެހި ސިފައިންގެ ބާރު ހިނގާ ތަނެއް ނޫން ކަމަށް ވަރަށް ސާފުކޮށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އިތުރުތިލަފަޅަކީ ދިވެހި ދައުލަތުގެ ފައިސާއިން ބިނާ ކުރަމުން އައި ތަނެއް ކަމަށާ ނަމަވެސް އެތަން ތަރައްގީ ކުރުމުގެ ނަމުގައި އިންޑިއާ އަސްކަރިއްޔާއާ ހަވާލުކުރީ ފޮރުވިފައިވާ އެގްރީމަންޓެއްގެ ދަށުން ކަމަށެވެ.

“އަަޅުގަނޑު ބުނީމަ ގަބޫލުކުރައްވާ، މިއީ ދިވެހި ދައުލަތުގެ ބާރުހިނގާ ތަނެއް ނޫން، މިއި ފުރިހަމައަށް އިންޑިއާގެ ސަރުކާރުގެ އިންޑިއާ އަސްކަރިއްޔާގެ ބާރު ހިނގާ ތަނެއް”. ރައީސް ޔާމީން ވިދާޅުވިއެެވެ.

ރައީސް ޔާމީން ވިދާޅުވީ އުތުރުތިލަފަޅުގެ އެއްބަސްވުމަކީ ގާނޫނު އަސާސީއާ ހިލާފު އެއްބަސްވުމެއް ކަމަށާ އެ އެއްބަސްވުމުން ރައްޔިތުންގެ ބާރު ކަނޑުވާލާފައިވާ ކަމަށެވެ.

އަދި އެއީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ރައްޔިތުންނާއި ގައުމަށް ގެއްލުން ހުރި އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ތަކުރާރުކުރައްވާ ވިދާޅުވިއެވެ.

“އެ ތަނުގައި ދިވެހި ސިފައިންގެ ނަމުގައި އެއާ ވިންގެއްވެސް ހަދަން އޮތީ ހުށައަޅާފައި. އެ އެއާވިންގަކީ އެއާފޯސް ބޯޓްތަކާއި އަދި އެ ނޫންވެސް ހަނގުރާމަ މަތީ އުޅަނދުތައް ޖައްސާ ނަގާ ފުރަން އޮންނަ ބަނދަރެއް. އަދި އެއާއެކީ ކަނޑުގެ ބަނދަރު ތަރައްގީ މި ކުރަނީ. މި ސަރަހައްދަށް ބޭނުންވާ ރާޑަރުތަކާއި މި ސަރަހައްދަށް ބޭނުންވާ ނެވިގޭޝަން ހުރިހާ ސާމާނަކާއި އިލެކްޓްރޯނިކް ހުރިހާ ސާމާނެއް ގާއިމު ކުރަނީ އެ ތަނުގައި. ދިވެހިރާއްޖޭގެ ދިވެހި ސިފައިންގެ ބޭނުމަކަށް ދިވެހި ރައްޔިތުންގެ ބޭނުމަކަށް މި ފެންވަރަކަށް އަޅުގަނޑުމެން ބޭނުމެއް ނުވޭ މާލެއިން ބޭރުގައި މިވަރުގެ ތަނެއް ހުންނާކަށް. އެވަރުގެ ނުރައްކަލެއް ދިވެހި ރައްޔިތުންގެ ފަރާތަކުން ނެތް،” ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ފަސް ހަ ސަރަހައްދެއްގައި އިންޑިއާ ސިފައިން ތިބިއިރު އެ އިން އެއްވެސް ތަނަކަށް ދިވެހިި ދައުލަތުގެ ބާރު ނުހިނގާ ކަމަށެވެ. އެކަމަށް މިސާލެއްގެ ގޮތުން އެމަނިކުފާނު ދެއްކެވީ އިންޑިއާ ސިފައިން ގިނަ އަދަދަކަށް ތިބި ކަމަށް ބުނާ ހދ. ހަނިމާދޫ އެވެ.

އެމަނިކުފާނު ވިދާޅުވީ ހަނިމާދޫ އެއާޕޯޓަކީ ދިވެހީންގެ މިލްކެއް ނަމަވެސް މިއަދު އެ އެއާޕޯޓަށް އަދި ހަނިމާދޫއަށްވެސް ދިވެހި ދައުލަތުގެ ބާރު ނުހިނގާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ