އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއިި ޑީސަލްގެ އަގު ބޮޑޫކޮށްފި

ޚަބަރު ފަހުގެ

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއިި ޑީސަލްގެ އަގު ބޮޑޫކޮށްފިއެވެ.

ބޮޑުކޮށްފައިވަނީ ޕެޓްރޯލް ލީޓަރަކުން 92 ލާރި އަދި ޑީސަލް ލީޓަރަކުން 60 ލާރިއެވެ. މި އުފުލުމާއެކު ދެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 12 ރުފިޔާ 98 ލާރިއަށެވެ. ޑީސަލް ލީޓަރެއް ވިއްކާނީ 13 ރުފިޔާ 04 ލާރިއަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެންމެ ފަހުން އެސްޓީއޯއިން ތެލުގެ އަގަށް ބަދަލު ގެނައީ މިދިޔަ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހުގައެވެ. އެދުވަހުން ފެށިގެން މިއަދާއި ހަމައަށް ޕެޓްރޯލް ލިޓަރެއް ވިއްކަމުން ދިޔައީ 12 ރުފިޔާ ހަ ލާރިއަށެވެ. ޑީސަލް ލީޓަރެއް ވިއްކަމުން ދިޔައީ 12 ރުފިޔާ 44 ލާރިއަށެވެ.

ތެލުގެ އަގު ބޮޑުވުމާއެކު އެސްޓީއޯއިން ބުނެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހިފެހެއްޓުމެއްނެތި ދަނީ އުފުލެމުން ކަމަށާ މީގެ ސަބަބުން، އެ ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގުވެސް ވަނީ އެތައް ގުނައެއް އުފުލިފައި ކަމަަށެވެ.

އެސްޓީއޯ އިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މި ކުންފުނިން ފޯރުކޮށްދޭ އެންމެހާ ޚިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިއުމަށް ކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ