ނުރަސްމީ ދަތުރު ނިންމާލައްވައި ރައީސް ރާއްޖެ ވަޑައިގެންފި

ޚަބަރު ފަހުގެ

ފަސް ދުވަހުގެ ނުރަސްމީ ދަތުރެއްގައި ސިންގަޕޫރަށް ވަޑައިގެންނެވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މާލެ ވަޑައިގެންފި އެވެ.

މި މަހުގެ 10 ވަނަ ދުވަހު ރައީސް ސޯލިހު ސިންގަޕޫރަށް ވަޑައިގެންނެވީ އަނބިކަނބަލުން ފަޒްނާ އަހުމަދުއާ އެކު އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރައީސް މިއަދު މާލެ ވަޑައިގެންނެވިއިރު، މި ހަފުތާ ބަންދުގައި ޅ. އަތޮޅުގެ ހަ ރަށަކަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ދަތުރުފުޅުގައި ރައީސް ޒިޔާރަތްކުރައްވަން ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ޅ.ހިންނަވަރާއި، ނައިފަރާއި މަޑިވަރާއި، އޮޅުވެލިފުއްޓާއި ކުރެއްދޫ ހިމެނެއެވެ. އޭގެ އިތުރަށް ޅ.އަތޮޅުގައި ހުންނަ މިފްކޯގެ މަސްކާރުޚާނާ ހުންނަ ރަށް ކަމުގައިވާ ފެލިވެރަށްވެސް މި ޒިޔާރަތުގައި އެމަނިކުފާނު ވަޑައިގަންނަވާނެއެވެ. ހިންނަވަރަކީ ރައީސް ޞާލިޙު ނިސްބަތްވެވަޑައިގަންނަވާ ރަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ