އައިޔޫއެމާއި އިންޑިއާގެ ޔުނިވަސިޓީއަކުން އެމްއޯޔޫއެއްގައި ސޮއިކޮށްފި

ޚަބަރު ފަހުގެ

އިސްލާމީ ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާއި އިންޑިއާގެ އަލީގަޅް މުސްލިމް ޔުނިވަސިޓއާ ދެމެދު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ.

އައިޔޫއެމްގައި ވާޗްއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އެވެ. އަލީގަޅް މުސްލިމް ޔުނިވަސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަސިޓީގެ ރެޖިސްޓަރާ އަބްދުލް ހާމިދެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި އެއްބަސްވުމުގެ ދަށުން ދެ ޔުނިވަސިޓީގެ ދެމުގައި އިލްމީ ކަންކަމާއި، ތަމްރީނާއި ދިރާސާތައްކުރުމުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށް ދެވޭނެ އެވެ.

މީގެ އިތުރުން ދަރިވަރުންނާއި މުވައްޒަފުންގެ އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުމާއި ޓްރެއިނިން ސެޝަންތަކާއި ސެމިނާތައް ގުޅިގެން ހިންގުމުގެ ފުރުސަތު ފަހިވެގެން ދާނެ އެވެ. އަދި ދެ ޔުނިވަސިޓީ ގުޅިގެން ރިސާޗް ޕްރޮޖެކްޓްތައް ހިންގުން ވެސް ހިމެނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ