މާރިޔާއަކީ އެންމެ ބޮޑު އެއް ޣައްދާރު: އަދުރޭ

ޚަބަރު ފަހުގެ ސިޔާސީ

ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ އަކީ އެންމެ ބޮޑު އެއް ޣައްދާރު ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އަދުރޭ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީން “އިންޑިއާ އައުޓް” ކެމްޕޭނުން ލިބޭ ގެއްލުންތައް ދިރާސާކުރުމަށް ބާއްވަމުންދާ ބައްދަލުވުންތަކުގެ ތެރެއިން ރޭ ބޭއްވި ބައްދަލުވުމަށް ވަޑައިގެން މާރިޔާ ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދެއްވައި ކުރެއްވި ޓުވީޓެއްގަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެގޮތުން އަދުރޭ ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ނުރައްކާތެރި ކެމްޕެއިނަކީ މި ޚާއިނުންގެ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައިގެން ދިވެހި ގައުމު އަޅުވެތި ކުރަން ހިންގަމުން ގެންދާ ކެމްޕެއިން ކަމަށެވެ. އަދި މާރިޔާއަކީ މި ނުރައްކާތެރި ކެމްޕެއިންގެ އެންމެ އިސް އެއް މޭސްތިރިޔާ ކަމަށާއި އެއީ އެންމެބޮޑު އެއް ޣައްދާރު ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.

ރޭ ބޭއްވި މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ “އިންޑިއާ އައުޓް” މި ކެމްޕޭނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ ބޮޑެތި ޖަރީމާތަކުގެ އަޑު ކަނޑުވާލުމަށް، ރާވައިގެން ހިންގާ ހީލަތްތެރި ކެމްޕޭނެއް ކަމަށާއި މި ކެމްޕޭނުގައި ޔާމީން ގެންގުޅުއްވި ނޭއްގާނީ ހުރިހާ ސިފަތަކެއް އެކުލެވޭ ކަމަށެވެ.

ޔާމީނަށް ފާޑު ވިދާޅުވަމުން މާރިޔާ ވަނީ ޔާމީނަކީ ގައުމާއި ރައްޔިތުންނަށް ދެން ވާނެ ގޮތެއް ބެއްލެވުމެއް ނެތި، ހިތުހުރި ގޮތަކަށް ކަންކަން ކުރައްވާ ހުދުމުހުތާރު ކަމުގެ ލާމަސީލު މިސާލެއް ކަމަށްވެސް ވިދާޅުވެފަ އެވެ.

“މިނިވަންކަމުގެ ސުޕަސްޓާރު ކަމަށް މިއަދު ހެދިގެން ހުންނަވާ މި ހިންގަވާ އިންޑިއާ އައުޓް ސްލޯގަން ބޭނުންކުރައްވާ ރައްޔިތުން އަޅުވެތިވާނެ ހުރިހާ ގޮތަކަށް އެބަ މަސައްކަތް ކުރައްވާ.” މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވި ގޮތުގައި މިހާރު ފެންނަމުންދަނީ ވެރިކަން ކުރެއްވި ބޭފުޅަކު ޒާތީ ތައައްސުބުގެ ތެރެއިން އަވައްޓެރި އަދި ސަރަހައްދުގެ އެންމެ ބޮޑު ގައުމާ ދެކޮޅަށް ޖިހާދުކުރަން ގޮވާލައި ޓެރަރިޒަމަށް ހިތްވަރު ދެމުންދާ ތަން ކަމަށެވެ. އަދި މި ކެމްޕޭނުގެ ސަބަބުން ރާއްޖެއާ މެދު ގައުމުތަކުގެ މެދުގައި އޮތް އިތުބާރު ވެސް ގެއްލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ