ސިނަމާލެ ބްރިޖުން ދަތުރު ކުރި ތެޔޮ ބައުޒަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ޚަބަރު ފަހުގެ

ސިނަމާލެ ބްރިޖުން ދަތުރު ކުރި ތެޔޮ ބައުޒަރެއްގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި ސިނަމާލެ ބްރިޖު މަތިން ދުއްވަމުން ދިޔަ ތެޔޮ ބައުޒަރެއްގައި ރޯވި ކަމުގެ މައުލޫމާތު ލިބިފައި ވަނީ ހެނދުނު 9:49 ހާއިރު ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ތެޔޮ ބައުޒަރުގައި ރޯވި ކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިއު ޓީމުން ދިޔައިރު، ވެހިކަލްގައި އިން ޑްރައިވަރު ވަނީ އަލިފާން ނިއްވާލާފައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ