ހިންނަވަރުގައި ހޮސްޕިޓަލެއް ހަދަން އަންނަ މަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރަނީ

ޚަބަރު ފަހުގެ

ޅ. ހިންނަވަރުގައި ސަރުކާރުން ހަދަން ނިންމާފައިވާ ހޮސްޕިޓަލްގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އުފަން ރަށް ހިންނަވަރުގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ އެ ހޮސްޕިޓަލްގެ މަސައްކަތަށް މިހާރު ބަޖެޓް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހިންނަވަރުގައި ހަދަން ނިންމާފައި ވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ.

ރައީސް ވިދާޅުވީ ހޮސްޕިޓަލް އެޅުމަށް މިހާރު ޓެންޑަކޮށްފައިވާ އިރު ޓެންޑަރިން މަރުހަލާ މި މަހުގެ 28 ގައި ނިމޭނެ ކަމަށެވެ. އެހެންވެ އަންނަ މަހުގެ ތެރޭގައި ހޮސްޕިޓަލްގެ މަސައްކަތް ބަޔަކާ ހަވާލުކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އަމާޒަކީ ވީހާ ވެސް ކުރު މުއްދަތެއްގެ ތެރޭގައި ހޮސްޕިޓަލް ނިންމުން ކަމަށެވެ.

“ހޮސްޕިޓަލް ނިންމަން އަޅުގަނޑަށް އޮތީ ދެ އަހަރު ލިބިފައި. އެކަމަކު އަޅުގަނޑަށް ދިގު އެވަރުގެ ހޮސްޕިޓަލެއް ނިންމަން އޮތް މުއްދަތު. މި ދައްކަނީ 30 އެނދުގެ ވާހަކަ. އެވަރުގެ ހޮސްޕިޓަލެއް ނިންމަން ދިގު މުއްދަތެއް ކަމަށް ޤަބޫލުކުރެވެނީ، ޕްލޭނިން މިނިސްޓަރާ ވާހަކަ ދައްކާފައި ވާނެ މަޝްރޫޢު އަވަސްކުރަން. އެކަމަށް ހައްލު ލިބޭނެ.” ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ 60 ރަށެއްގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް ޒަމާނީ ފެންވަރަށް ހަދަން މި އަހަރުގެ ބަޖެޓްގައި 448 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ