“މޯލްޑިވްސް ސްޕޯޓްސް އެވޯޑް” އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ޚަބަރު ކުޅިވަރު ފަހުގެ

“މޯލްޑިވްސް ސްޕޯޓްސް އެވޯޑް” އަށް ނަން ހުށަހެޅުމުގެ ފުރުސަތު ޔޫތް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ޔޫތް މިނިސްޓްރީން ބުނީ މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު މާދަމާ މެންދުރު 14:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ. ސްޕޯޓްސް އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްއަކީ ކުޅިވަރު އެސޯސިއޭޝަންތަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ. ކުޅިވަރު ދާއިރާއަށް އަމާޒްކޮށްގެން ދިނުމަށް ހަމަޖެހިފައިވާ މި އެވޯޑް މިއަހަރުން ފެށިގެން ދިނުމަށް ޔޫތް މިނިސްޓްރީއިން ވަނީ ނިންމާފައެވެ.

ކުޅިވަރަށް ޚާއްސަ އެވޯޑެއް ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ ކުޅިވަރު ކުރިއަރުވާ ފަރާތްތަކުން ކުރައްވާ މަސައްކަތް ފާހަގަކޮށް، ކުޅިވަރުގެ ތަފާތު ދާއިރާތަކުން ހޯދާ ކާމިޔާބީ ފާހަގަކޮށް ކުރިއަށް ދިއުމަށް ހިތްވަރު ދިނުމެވެ. އަދި މި އެވޯޑަކީ ރާއްޖެއަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ ހުނަރާއި ވަނަތައް ހާސިލުކުރާ ފަރާތްތަކުގެ ކާމިޔާބީ ފާހަގަކޮށް، އެ ފަރާތްތަކުގެ އަގު ވަޒަންކޮށް، ދުޅަހެޔޮ ސިއްހަތެއް ލިބިފައިވާ މުޖްތަމަޢުއެއް ބިނާ ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އެވޯޑެއް ކަމަށްވެސް ޔޫތް މިނިސްޓްރީއިން މައުލޫމާތު ދެއެވެ.

އެވޯޑަށް ނަން ހުށަހެޅޭނެ ދާއިރާތައް:

  • އެތްލީޓް އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން)
  • ސްޕެޝަލީ އޭބަލްޑް އެތްލީޓް އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން)
  • ސްޕޯޓްސް ޖާރނަލިސްޓް އޮފް ދަ އިޔަރ އެވޯޑް.
  • މީޑިއާ އޮފް ދަ އިޔަރ އެވޯޑް (އޮންލައިން / ބްރޯޑްކާސްޓިންގ)
  • ސްޕޯޓްސް މެޑިކް އޮފް ދަ އިޔަރ އެވޯޑް.
  • މޭލް އެންޑް ފީމޭލް ޓެކްނިކަލް އޮފިޝަލް އޮފް ދަ އިޔަރ އެވޯޑް.
  • މޭލް އެންޑް ފީމޭލް ކޯރޗް އޮފް ދަ އިޔަރ އެވޯޑް.
  • މޯސްޓް ޕްރޮމިސިންގ ޔަންގް އެތްލީޓް އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން)
އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ