ހަނިމާދޫ ސްކޫލް މަސައްކަތު މުވައްޒަފުން ޕޮޒިޓިވް ވުމުން އެ ޒިންމާ އުފުލަން ނިކުތީ ސްކޫލް ޕީޓީއޭ

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ސްކޫލް މަސައްކަތު މުވައްޒަފުން ޕޮޒިޓިވް ވުމުން އެ ޒިންމާ އުފުލަން ޕީޓީއޭއިން ނިކުމެއްޖެއެވެ.

ހަނިމާދޫ ސްކޫލް މަސައްކަތު ބައިގައި 8 މުވައްޒަފުން ޙަރަކާތްތެރިވާއިރު މިވަގުތު 5 ފަރާތެއް މި ދިޔަ ހޮނިހިރު ދުވަހު ކޮވިޑް 19އަށް ޕޮޒިޓިވްވެ ކަރަންޓީން ވިއެވެ. އެއާއެކު ސާފު ކުރުމުގެ މަސައްކަތްތައް ކުރަން ތިބި މުވައްޒަފުނަށް ބުރަބޮޑުވެ، ސްކޫލުގެ ޓީޗަރުންނާއި ބޮޑެތި ކްލާސްތަކުގެ ދަރިވަރުން ބައެއް ކްލާސްތައް ސާފްކޮށް މިއަދުގެ ކިޔަވައިދިނުން ކުރިޔަށް ގެންގޮސްފައި ވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހަނިމާދޫ ސްކޫލްގެ ޕީޓީއޭއަށް މިކަން އެނގުމާއެކު އެކަމަށް ކުރެވެން ހުރި ކަންތައް ތަކާމެދު ސްކޫލްގެ މެނޭޖްމަންޓާ މަޝްވަރާކޮށް، އެކަންތަކަށް އަމަލީ ސިފަ ގެންނަން ފެށީއެވެ.

އެގޮތުން މިއަދު ހަވީރު ޕީޓީއޭގެ 35 މެންބަރުން ނުކުމެ މުޅި ސްކޫލް ގޯތިތެރެއާއި ގޯތިން ބޭރު ކުނިކަހައި ސާފުކުރިއެވެ. އަދި ކްލާސްރޫމްތަކާއި ދަރިވަރުން ބޭނުންކުރާ އެންމެހައި ތަންތަން ޑިސްއިންފެކްޓް ކޮށްފައި ވެއެވެ. އަދި މާދަމާއިން ފެށިގެން މަސައްކަތު މުވައްޒަފުން ކުރާ ހުރިހާ ކަމެއް، ޕީޓީއޭގެ މެންބަރުން ދަންފަޅި ބަހައިގެން ކުރިޔަށް ގެންދާގޮތަށް ހަމަޖެހިފައި ވާކަމަށް ހަނިމާދޫ ސްކޫލްގެ ޕީޓީއޭއިން މައުލޫމާތުދެއްވައެވެ.

ސްކޫލަށް ދިމާވާ ކޮންމެ ދަތި ކަމެއް ހައްލުކޮށް ދެއްވުމަށް ހަނިމާދޫ ސްކޫލްގެ ބެލެނިވެރިން ކޮށްދެއްވާ އިޚްލާޞްތެރި މަސައްކަތް ތަކަށްޓަކައި ހަނިމާދޫ ސްކޫލްގެ ބެލެނިވެރިންނަށް ވަކިން ޚާއްސަކޮށް ޕީޓީއޭގެ މެންބަރުންނަށ ގޮށްކޮޅުގެ ފަރާތުން ވެސް ވަރަށް އިޚްލާޞްތެރި ޝުކުރެއް އަރިސްކުރަމެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ