ނައިވާދޫ ސުކޫލް ހޯލު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

ޚަބަރު ފަހުގެ

ހދ. ނައިވާދޫ ސުކޫލް ހޯލު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޕަވަރޭ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ އެވެ.

އެޑިޔުކޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ އެވެ. އަދި ޕަވަރޭ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ތަސީން ޢަލީ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

365 ދުވަހުގެ ތެރޭގައި ނިންމަން އެއްބަސް ވެފައިވާ މި މަސައްކަތުގެ އަގަކީ 9،403،727.14 (ނުވަ މިލިއަން ހަތަރުލައްކަ ތިންހާސް ހަތްސަތޭކަ ހަތާވީސް ރުފިޔާ ސާދަލާރި) ރުފިޔާއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ