ހަނިމާދޫގައި ޒުވާނަކު ދަންޖެހިއްޖެ

ހަނިމާދޫ ޚަބަރު

ހަނިމާދޫގައި ޒުވާނަކު ދަންޖެހިއްޖެއެވެ. މިހާދިސާ ހިނގާފައިވަނީ ރޭ 23:00 ހާއިރުއެވެ.

ދަންޖެހިފައިވަނީ ޒުވާން ފިރިހެނެކެވެ. އޭނާ ދަންޖެހުނީ އޭނާ ދިރިއުޅުނު ގޭގެ ސިޓިންރޫމުގައި ފޮތިގަނޑެއް ބޭނުން ކޮށްގެންކަމަށް މަންޒަރުދުއް ފަރާތެއް ވަނީ މައުލޫމާތު ދީފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފުލުހުން ބަލަންޖެހޭ ކަންތައް ބެލުމަށްފަހު އާއިލާއަށް ހަށިގަނޑު ހަވާލު ކޮށްފައިވަނީ ރޭ 1:40 ހާއިރުއެވެ. ދަންވަރުގެ ވަގުތުކަމުން ވަޅުލުމުގެ ކަންތައް ހެނދުނު ކުރުމަށް ވަނީ ތާވަލު ކޮށްފައެވެ.

“ސަޅިދުވަހެއް، އެންގޭޖްކުރާ ގަޑިވެސް 22/2/22 22:22″އޭނާ މަރުވުމުގެ ކުރިން ފޭސްބުކްގައި ލިޔެފައިވެއެވެ. އަދި އޭނާ ލޯބިވެރިޔާގެ ނަން އަތުގައި ކަޑާ ނަގާފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ