ރަޝިއާގެ ނިއުކްލިއާ ފައުޖުތައް އެލާޓަށް ގެނައުމަށް ރަޝިއާގެ ރައީސް ވްލަޑަމިއަރ ޕޫޓިން އަމުރުކުރައްވައިފި އެވެ.
ޕޫޓިން ވަނީ ރަޝިއާގެ ޑިފެންސް މިނިސްޓަރ އަދި ޗީޕް މިލިޓަރީ ޖެނެރަލް ސްޓާފް އަށް ނިއުކްލިއާ ފައުޖުތައް އެންމެ މަތީ ލެވެލްގެ ތައްޔާރީގައި ބޭތިއްބެވުމަށް އަމުރު ކުރައްވަފައެވެ.
ޕޫޓިން ވިދާޅުވީ، ރަޝިއާގެ ސިފައިން ޔޫކްރޭނަށް ފޮނުވުމުން، ނޭޓޯގެ ގައުމުތަކުން ހަރުކަށި ބަޔާންތައް އިއްވާފައިވާ ކަމަށެވެ. އަދި ހުޅަނގުގެ ގައުމުތަކުން ރަޝިއާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައްވެސް އަޅާފައިވާ ކަމަށެވެ.
ޕޫޓިންގެ މި ފިޔަވަޅާއެކު ޔޫކްރެއިންއަށް ހަމަލާދިނުމުގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކޮށްފާނެ ކަމުގެ ބިރު މިވަނީ ކުރިމަތިވެފައެވެ.


