ޔޫކްރެއިނުން އުފައްދައި ބޭނުންކުރާ ދުނިޔޭގެ އެންމެބޮޑު ކާގޯ މަތިންދާ ބޯޓުގެ ބޮޑުބައެއް ރަޝިޔާ ސިފައިންގެ ހަމަލާތަކެއްގައި އަނދައިފިއެވެ.
މިއީ، ޔޫކްރެއިންގައި ހަތިޔާރު އުފައްދާ މައި ކުންފުނިން އުފައްދައި ބޭނުންކުރަމުންދާ ދުނިޔޭގެ އެންމެބޮޑު ކާގޯ މަތިންދާ ބޯޓެވެ.
މިބޯޓުގެ ބޮޑުބައެއް އަނދާފައިވަނީ ވެރިރަށް ކިޔޭވް ކައިރީގައި އޮންނަ ހޮސްޓޮމެލް އެއަރޕޯޓަށް ރަޝިޔާ ސިފައިން ދިން ހަމަލާތަކުގައެވެ.
ބޯޓު ޕާކްކޮށްފައިއޮތް ބިޔަ ހަރުގޭގެ ތެރޭގައި އަލިފާންރޯވެ ބޯޓާއެކު އަންދަމުންދިޔަ މަންޒަރު ފެންނަ ފޮޓޯތައް އާންމުވެފައި ވެއެވެ.
ކާގޯ ބޯޓު އުފެއްދި ކުންފުނިން ބުނެފައިވަނީ، އަލިފާނުގެ ސަބަބުން ބޯޓަށް ލިބުނު ގެއްލުން ރަނގަޅު ކުރުމަށް 3 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށާއި، އެކަން ކުރުމަށް އަހަރުތަކެއް ނަގާނެ ކަމަށެވެ.


