ސަރުކާރުގެ 3 ކުންފުންޏެއްގެ ވެރިން ބަދަލު ކުރަނީ

ޚަބަރު ފަހުގެ

ސަރުކާރު ގެ ތިން ކުންފުންޏެއްގެ އިސްވެރިން ބަދަލުކުރަން ނިންމަވައިފިއެވެ.

މިގޮތުން ގެންނަން ހުށަހަޅާފައިވާ ބަދަލުތަކުގެ ތެރޭގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފް ހަމަޖެއްސުމާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ޕޯސްޓް އޮފީހުގެ މެނޭޖިން ޑިރެކްޓަރަކަށް ބަދަލު ކުރުން ހިމެނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މީގެ އިތުރުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ހަސަން މުގުނީ އެނާޖީ އޮތޯރިޓީގެ ވެރިޔާގެ މަގާމަށް ހަމަޖެއްސުމަށް ވަނީ ހަމަޖެހިފައެވެ.

މި ތިން ކުންފުނީގެ ވެރިން ބަދަލުކުރަން ރައީސް އޮފީހުން ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް އެދިފައެވެ.

މިކަމާ ގުޅޭގޮތުން ޕީސީބީގެ ބޯޑުގެ ބައްދަލުވުމެއް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ