ބ.އަތޮޅު މަދަރުސާގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

ޚަބަރު ފަހުގެ

ސްކޫލް ދަރިވަރުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ބ.އަތޮޅު މަދަރުސާގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް އެ ރަށު ޕޮލިސް ޑެސްކުގައި މަސައްކަތްކުރާ ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.

މިއަދު ކުރިއަށް ގެންދިޔަ ސެޝަނުގައި އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކުން ދަރިވަރުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން، އިންޓަނެޓު މެދުވެރިކޮށް ފުރާވަރުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގާ ކުށްތަކަކީ ކޮބައިކަން ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ބުނެދީފައިވެއެވެ. އަދި އެފަދަ ކުށްތަކުން ރައްކާތެރިވުމަށް ދަރިވަރުން މަސައްކަތްކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެފަދަ ކަމެއް ދިމާވެއްޖެނަމަ އަމަލުކުރަންވީގޮތާއި އެކަމެއް ސިއްރުނުކޮށް ބެލެނިވެރިންނާ ހިއްސާކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

އޭގެ އިތުރުން، އިންޓަނެޓުން ބައްދަލުވާ ނުދަންނަ މީހުންނާ ވާހަކަ ނުދެއްކުމަށާ އަދި ޒާތީ އެއްވެސް މައުލޫމާތެއް ހިއްސާނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

ބ.އަތޮޅު މަދަރުސާގެ އެދުމުގެ މަތިން ކުރިއަށް ގެންދިޔަ އެ ސެޝަނުގައި އެ ސްކޫލުގެ ގްރޭޑް 8 އިން 11 އަށް ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނާއި މުދައްރިސުން ބައިވެރިވެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ