މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނައިބުގެ މަޤާމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނައިބުގެ މަޤާމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި އެވެ.

މި މަގާމަށް އައްޔަންކޮށްފައިވަނީ ގދ. ވާދޫ އަށް ނިސްބަތްވެވަޑައިގަންނަވާ ލުއައްޔު ސަޢީދެވެ. ލުއައްޔު ވަނީ އޮސްކްފޮޑް ބްރޫކްސް ޔުނިވަރސިޓީން 2013 ވަނަ އަހަރު ބެޗެލަރ އޮފް ސައިންސް އޮނަރސް އިން އެޕްލައިޑް އެކައުންޓިންގ ހާޞިލްކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި މަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން ލުއައްޔު ސަޢީދު ވަނީ މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަންގެ ޖެނެރަލް މެނޭޖަރުކަމާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީގެ އިންޓަރނަލް އޮޑިޓް އެގްޒެކެޓިވްކަމާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ސީނިއަރ އޮޑިޓަރުކަމުގެ މަޤާމު ފުރުއްވާފައެވެ.

އެ މިިސްޓްރީގައި މިހާރު ނައިބެއްގެ ގޮތުގައި ހުންނަވަނީ އަބޫބަކުރު ޢަބްދުލްކަރީމް އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ