ވައްކަމުގެ މައްސަލައެއްގައި 22 އަހަރުގެ ޒުވާނަކު ހޯދަނީ

ޚަބަރު ފަހުގެ

ވައްކަމުގެ މައްސަލައެއްގައި މައުލޫމާތު ސާފު ކުރުމަށް، އުމުރުން 22 އަހަރުގެ ޒުވާނަކު ތަހުގީގަށް ހާޒިރުވާން އަންގައިފިއެވެ.

ފުލުހުން ހޯދަމުންދަނީ ރ.އަލިފުށި، ކިނބިގަސްދޮށުގެ، މުހައްމަދު މާހީއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފުލުހުން ބުނީ، ހުޅުމާލެ ޕޮލިހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށެވެ.

22 އަހަރުގެ މި ޒުވާނާ އަންނަ މާޗު މަހުގެ 14:00އަށް ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވާން ފުލުހުން ވަނީ އަންގައިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ