އީމާން ނިޔާވިކަަމަށް ކުރިން މީޑިއާއަށް މައުލޫމާތު ހިއްސާ ކުރެވުނީ އާއިލާއިން އެ މައުލޫމާތު އެގޮތަށް ދިނުމުން ކަމަށާއި ނަަމަވެސް އީމާގެ ފުރާނަ ސަލާމަތްކުރުމަށް އޭޑީކޭގެ ޑަކުޓަރުން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭޑީކޭއިން ބުނާކަމަށް ސިޓީ ކައުންސިލުން ދެންމެ ބުނެފިއެވެ.
ދެންމެ މީޑިއާތަކަށް މައުލޫމާތުދެމުން ސިޓީ ކައުންސިލުން ބުނީ ޑަބްލިއުޑީސީ މެންބަރު އީމާން ނިޔާވިކަމަށް އޭރު ފެމިލީ މެންބަރުން މައުލޫމާތު ދީފައިވާތީ މީީޑިއާއާ އޭރު އެ މައުލޫމާތު ހިއްސާ ކުރީ ކަމަށެވެ.
ނަމަވެސް އޭޑީކޭގެ ޓީމުން އަދިވެސް މަސައްކަތް ކުރަނީ އިތުރު އުންމީދު އޮތްތޯ ކަމަށާއި އަދިވެސް އީމާން އޮތީ ވެންޓިލޭޓާގައި ކަމަށް އޭޑީކޭއިން މައުލޫމާތުދޭކަމަށް ދެންމެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.


