ކުށެއްގެ އިސްލާހު

ޚަބަރު ފަހުގެ

ހުޅުމާލޭގައި ބަންޕަރެއްގެ މައްޗަށް އެރިތަނުން ސައިކަލް ކަހާލައިގެން އިއްޔެ ހަވީރު ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު އައިމިނަތު އީމާން އަށް ފަރުވާދެނިކޮށް އޭނާ ނިއާވި ކަމަށް “ގޮށްކޮޅު”ގައި ރިޕޯޓްކޮށްފައިވާ ހަބަރާ ގުޅޭ ގޮތުން ދަންނަވަމެވެ.

މަރުގެ ހާދިސާތައް ގޮށްކޮޅުގައި ރިޕޯޓްކުރަނީ، ކަމާ ގުޅޭ މުއައްސަސާއަކުން، ނުވަތަ އާއިލާ އިން އެކަން ކަށަވަރުކޮށްދިނުމުންނެވެ. އީމާންގެ ނިއާވިކަން ވެސް ކަށަވަރުކޮށްފައި ވަނީ، މި ދެންނެވި އުސޫލުން މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އިން އެކަން ޔަގީންކޮށްދިނުމުންނެވެ. އިމާންއަކީ މާލޭ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލޭގެ ދާއިރާގެ މެމްބަރެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެކަމަކު، ފަހުން އެނގުނު ގޮތުގައި އީމާން މަރުވިކަން، އޭނާ އަށް ފަރުވާ ދޭ ހޮސްޕިޓަލް، އޭޑީކޭ އިން އަދި ނުނިންމަ އެވެ. އެހެންވެ، އެ ހަބަރު މި ނޫހުން ވާނީ އުނިކޮށްފަ އެވެ. އަދި މި ކުށަށް، އީމާންގެ އާއިލާ އާއި ކިޔުންތެރިންގެ ފަރާތުން މާފަށް އެދެމެވެ.

އަޅުގަނޑުމެންގެ ދުއާއަކީ، އީމާން އަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުމެވެ. އާމީން

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ