ޔޫކްރެއިންގައި ތިބި ދިވެހި 15 ދަރިވަރުން ރާއްޖެ އަތުވެއްޖެ

ޚަބަރު ފަހުގެ

ޔޫކްރެއިންގެ އިވާނޯ ފްރެންކްވިސްކްގައި މެޑިސިން ކިޔަވަމުން ދިޔަ 15 ދިވެހި ދަރިވަރަކު މިއަދު މާލެ އަތުވެއްޖެއެވެ.

ރަޝިއާއިން ހަމަލާދޭނެކަމުގެ އިންޒާރު ޔޫކްރެއިނަށް ދިން ހިސާބުން ޔޫކްރައިންގައި ކިޔަވަން ތިބި ދަރިވަރުން ދިޔައީ އަނބުރާ ރާއްޖެއަށް އައުމުގެ މަސައްކަތް ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީއާ ގުޅިގެން ކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެ ދަރިވަރުން ރައްކާތެރި ހިސާބަށް ގެންދިޔުމަށްޓަކައި ދިވެހި ސަރުކާރާއި ޚާރިޖިއްޔާގެ އިތުރަށް ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީން ކެނޑި ނޭޅި ކުރި މަސައްކަތުން އެ ދަރިވަރުން މިދިޔަ ހުކުރު ދުވަހުގެރޭ ރާއްޖެ ގަޑިން 11:30 ހާއިރު އިވަނޯ-ފްރެންކިވްސްކްގެ ބޯޑަރު ހުރަސްކޮށް ހަންގޭރީއަށް ވަނީ ގޮސްފައެވެ. އަދި މި މަހުގެ 27 ވަނަ ދުވަހު ހަންގޭރީން ފުރައިގެން ދުބާއީގައި 10 ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަކުރުމަށްފަހު އެ ދަރިވަރުން މާލެ އައިސްފައިވަނީ މިއަދު ހަވީރު 15:10 ހާއިރުގައެވެ.

އެދަރިވަރުން ބުނީ ޔޫކްރައިނުން ނުކުމެ ހަންގޭރީއަށް ދެވުނު ހިސާބުން ފެށިގެންވެސް ތިބީ ވަރަށް ހިތްހަމަޖެހިގެންކަމަށެވެ. އަދި ރައްކަތެރިކަމާއެކު ރާއްޖެ އާދެވުމުން ވަރަށް ހިތްހަމަޖެހޭކަމަށް އެ ދަރިވަރުން ބުންޏެވެ. އެ ދަރިވަރުން ވަނީ ރާއްޖެއަށް އައުމާ ހަމައަށް ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ