އެކްސިޑެންޓުގައި އަނިޔާވި އީމާން ނިޔާވެއްޖެ

ޚަބަރު ފަހުގެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު އައިމިނަތު އީމާން ނިޔާވެފައިވާކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ މިއަދު ހެނދުނު 07:42 ގައި އީމާން ނިޔާވެފައިވާކަމަށް ނިންމާފައިވާކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އާދީއްތަ ދުވަހު ހިނގި މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭގައި އީމާން ދުއްވަމުންދިޔަ ސައިކަލު ބަމްޕަރެއް މައްޗަށް އެރިވަގުތު ކަހާލައިގެންނެވެ.

އެކްސިޑެންޓަށްފަހު އީމާން ފުރަތަމަ ގެންގޮސްފައިވަނީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އެހެންނަމަވެސް ފަހުން ވަނީ އޭޑިކޭ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ