މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހުޅުދޫ މީހަކު ހޯދަނީ

ޚަބަރު ފަހުގެ

މަކަރާއި ހީލަތުގެ މައްސަލައާ ގުޅިގެން މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފި އެވެ.

ފުލުހުން ހޯދަމުން ދަނީ، އަޙްމަދު އުނައިސް (39އ) (ސ. ހުޅުދޫ / އިރުވައި) އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފުލުހުން އޭނާ ހޯދަމުންދަނީ، ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އޭނާ ހޯދަމުންދަނީ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް ކަމަށް ފުލުހުން ބުނެއެވެ.

އޭނާ ހާޒިރުވާން ޖެހޭނީ، 2022 މާރިޗު 9 ވަނަ ދުވަހުގެ 13:00 އަށް ޝަހީދު ހުސެއިން އާދަމް ބިލްޑިންގ އަށް ކަމަށް ފުލުހުން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ