ބޮޑުފޮޅުދޫ އާރުބީޖީ ސްޕޯރޓްސް ކުލަބުގެ 2022 ވަނަ އަހަރުގެ އަހަރީ ޕްލޭން ގައި ހިމެނޭ ބައެއް ހަރަކާތްތައް ފަށައިފި

ކުޅިވަރު ފަހުގެ

2021 ވަނަ އަހަރު ތަފާތު ގިނަ ހަރަކާތްތަކެއް ހިންގާ މުޅިރާއްޖޭގެ މަޤްބޫލްކަން ހޯދާފައިވާ އއ.ބޮޑުފޮޅުދޫ އާރުބީޖީ ސްޕޯރޓްސް ކުލަބުން އެކުލަބުގެ އަހަރީ ކަލަންޑަރ އެކުލަވާލާ ހަރަކާތްތައް ފަށައިފިއެވެ.

އެކުލަބުގެ ރައީސް ނަސީމް މައުލޫމާތު ހިއްސާ ކުރައްވާފައިވާ ގޮތުގައި 2022 ވަނަ އަހަރަކީވެސް ކުރީ އަހަރެކޭ އެއްގޮތަށް ގިނަ ހަރަކާތްތަކެއް ހިމަނާ ކުރިއަށް ދިއުމަށް ނިންމާފައިވާ އަހަރެއްކަމަށާއި، ކުލަބުގެ އަހަރީ ޕްލޭން ރަށު ކައުންސިލްއާއި ހިއްސާކޮށްފައިވާނެކަމަށެވެ. ނަސީމް ވިދާޅުވީ އެގޮތަށް އެކަންކުރީ ކައުންސިލްގެ އެދުމުގެ މަތިން ރަށުގައި އުފެދިފައިވާ ކުލަބުޖަމިއްޔާތަކުގެ އަހަރީ ޕްލޭން ހުށައެޅުމަށް ކައުންސިލްއިން އެދުމުންކަމަށެވެ. އެގޮތުން އަހަރީ ޕްލޭން ކައުންސިލަށް ހުށައެޅި ހަމައެކަނި ކުލަބަކީ އާރުބީޖީ ސްޕޯރޓްސް ކުލަބުކަން ނަސީމް ވަނީ ފާހަގަކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

އަހަރީ ޕްލޭންއާ ބެހޭގޮތުން ކައުންސިލްއާއެކު މަޝްވަރާކުރުމަށް ކައުންސިލް އިދާރާގައި ކުލަބުގެ ހިންގާކޮމިޓީގެ މެމްބަރުންނާއިއެކު ވަނީ ބައްދަލުވުމެއް ބޭއްވިފައެވެ. އެގޮތުން ކައުންސިލުން ފާހަގަކޮށްފައިވަނީ ކައުންސިލްގެ އަހަރީ ޕްލޭން ތަންފީޒް ކުރުމުގައި އާރުބީޖީގެ އަހަރީ ޕްލޭންއާއި ކައުންސިލް ޕްލޭންގައި އެއްކަމެއް ހިމެނިފައިވާނަމަ ގުޅިގެން އެއް ހަރަކާތެއްގެ ގޮތުގައި ގެންދިއުމަށް އެދިފައެވެ.

ނަސީމް ވިދާޅުވީ އަހަރީ ޕްލޭންގައި ހުރި ކަންކަން ކުރުމުގައި ވަރަށް ގިނަ ފަރާތްތަކެށްގެ އެހީތެރިކަން ބޭނުންވާ ކަމަށާއި،އެންމެ ބޮޑު ދައްޗަކީ ހަރަކާތްތަށް ހިންގުމުގައި މާލީގޮތުން ދިމާވެފައިވާ ގޮންޖެހުންކަމަށެވެ. އާމްދަނީ ލިބޭނެ ގޮތެއް އަދި ވަސީލަތެއްނެތި ކުލަބު ހިންގުމަކީ ވަރަށް ބޮޑު ދައްޗެއް ކަމަށްވެސް ނަސީމް ފާހަގަ ކުރެއްވިއެވެ.

މިއަހަރު އާރުބީޖީ ސްޕޯރޓްސް ކުލަބުން ހިންގުމަށް ރާވާފައިވާ ބައެއް ހަރަކާތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން ނަސީމް ވިދާޅުވީ މިދިޔަ އަހަރުވެސް އާރުބީޖީއިން ކުރިއަށް ގެންދިޔަ، އާރުބީޖީ ”އަންނޫރު ޤުރުއާން މުބާރާތް މިއަހަރު އޭޕްރީލް މަހުގެ ތެރޭގައި ބޭއްވުމަށް ޢިޢުލާން ކުރެވިފައިވާ ކަމަށާއި، މި އަހަރު ހިންގާކޮމިޓީއިން މުބާރާތުގެ ޖަޖުންގެ މަޝްވަރާއާއެކު ނިންމާފައިވަނީ މާރޗް މަހުގެ ތެރޭގައި މުބާރާތުގެ އޯޑިޝަންއެއް ބޭއްވުމަށްފަހު، އޯޑިޝަނުން ހޮވޭ ފަރާތްތަކަށް މުބާރާތުގައި ބައިވެރިވުމުގެ ފުރަސަތު ދިނުމަށެވެ.

ނަސީމް ވިދާޅުވީ ކައުންސިލް އާއި އެކު ކުރެވުނު މަޝްވަރާއާއެކު އެބޭފުޅުންގެ ޕްލޭންގައިވެސް ޤުރުއާން މުބާރާތެއް މިއަހަރު ހިމަނާފައިވާތީ އެއްމުބާރާތެއްގެ ގޮތުގައި އާރުބީޖީ އާއި ގުޅިގެން ކުރިއަށް ގެންދާގޮތަށް ނިންމާފައިވާ ކަމަށެވެ. މި މުބާރާތަށް ސްޕޮންސަރ ދޭންބޭނުންވާ ފަރާތްތަކަށްވެސް އެފުރަސަތު ހުޅުވާލާ އާންމު އިޢުލާނެއް ވަނީ ކޮށްފައެވެ. ސްޕޮންސަރ ދޭންބޭނުންފުޅުވާ ފަރާތްތަކުން 2022 މާރޗް 27 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އެކުލަބުގެ ހަޒާންދާރު ޔޫސުފްވިޝާމް އާއި ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށް އެދިފައިވެއެވެ. އަދި އެއިންޓަރނެޓް ބޭންކިންގް މެދުވެރިކޮށް ސްޕޮންސަރ ދޭންބޭނުންވާ ފަރާތްތަކުން އާރުބީޖީ ބީއެމްއެލް އެކައުންޓް (39773000003647 (އަށް ޓްރާންސްފާ ކުރެއްވުމަށް ފަހު 7963552 ނަންބަރަށް ސްލިޕް ވައިބާ ކުރެއްވުމަށް އެދިފައިވެއެވެ.

އަހަރީ ޕްލޭންގައި ހުރި ކަންކަން ހިއްސާ ކުރައްވަމުން ނަސީމް ވިދާޅުވީ މިއަހަރުވެސް ކުޅިވަރުގެ ގިނަ ހަރަކާތްތަކެށް ހިމަނާފައިވާނެކަމަށާއި،އެގޮތުން މޯލްޑިވްސް ޕޮލިސް ސާރވިސް އާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް ރާވާފައިވާ ކަމަށާއި އޭގެތެރެއިން ވޮލީ ޓްރެއިނިންގް ކޭމްޕްއަކާއި، ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގުމަށް ނިންމާފައިވާ ހަރަކާތްތައް ހިމެނޭކަމަށެވެ. އަދި މިއަހަރުގެ އަމާޒަކީ ކޮންމެވެސް އެއް ކުޅިވަރެއްގައި ޤައުމީ މުބާރާތެއްގައި ކުލަބުގެ ޓީމެއް ބައިވެރިކުރުންކަމަށް ރައީސް ވިދާޅުވިއެވެ. އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ހަރަކާތްތައް އަހަރީ ޕްލޭން އާއި އެއްގޮތަށް ނުހުއްޓި ކުރިއަށްދާނެކަމުގެ ޔަޤީންކަން އެކުލަބުން ވަނީ ދީފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ