ރައީސް ޞާލިޙް އެމްޑީޕީގެ ކުރީގެ ޗެއަަރޕާސަން މޫސާ މަނިކުއާ ބައްދަލު ކުރައްވައިފި

ޚަބަރު ފަހުގެ

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އެމްޑީޕީގެ ކުރީގެ ޗެއަަރޕާސަން މޫސާ މަނިކުއާ ބައްދަލު ކުރައްވައިފިއެވެ.

މިއަދު މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޞާލިޙްއާ ބައްދަލުވި ކަމަށާއި ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

“ރައީސްގެ ސާޖަރީއަށްފަހު ހެޔޮ ހާލުކޮޅުގައި ބައްދަލުވެ ހާލު އޮޅުންފިލުވައިލެވުނު. އިރާދަކުރެއްވީތީ ރަނގަޅުކަމާއި ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި،” ފޮޓޯ ހިއްސާކުރައްވައި ރީކޯ މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.

އަދި އެމްޑީޕީއާ ގުޅޭގޮތުންވެސް ރައީސާ ވާހަކަދެއްކެވި ކަމަށާއި، އެ ޕާޓީގެ ފައުންޑަރެއްގެ ހައިސިއްޔަތުން އޭނާ ތާއީދު ކުރަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އަށް ކަމަށް ރައީސްގެ އަރިހުގައި ދެންނެވި ކަމަށް ރީކޯ ވިދާޅުވި އެވެ

ޗެއަރޕާސަން އިންތިޚާބުގެ ވާދަ އެމްޑީޕީގެ ތެރޭގައި ވަނީ ވަރަށް ބޮޑުވެފައެވެ. ދެން މި އިންތިޚާބުގައި ވާދަ ކުރައްވަނީ ރައީސް ނަޝީދުގެ ތާއީދު ލިބިފައިވާ އިމްތިޔާޒް ފަހުމީއެވެ.

ރައީސް ޞާލިޙް މި ވަގުތު ހުންނެވީ ތައިރޮޑް އޮޕަރޭޝަނެއް ކުރެއްވުމަށް މެލޭޝިއާގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ