ފަރަށް އެރި ސަވާރީ ބޯޓުގައި ތިބި 28 މީހުން މާލެ ގެނެސްދީފި

ޚަބަރު ފަހުގެ

ހއ. ކެލާއިން ފުރައިގެން މާލެ ދަތުރުކުރި ބޯޓެއް މާލެ އަތޮޅު ޒިޔާރަތްފުށި ކައިރީގައި އޮތް ފަރަކަށް އެރުމާ ގުޅިގެން، އެ ދޯނީގައި ތިބި މީހުން އެމްއެންޑީއެފް ކޯސްޓްގާޑު މާލެ އޭރިއާ ސެކަންޑް ސްކޮޑަރަންއިން މާލެ ގެނެސްދީފިއެވެ.

“ސަވާރީ” ނަމަކަށް ކިޔާ މި ބޯޓު ފަރަށް އެރި ކަމުގެ ރިޕޯޓް، އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ މިއަދު ފަތިހު 04:01 ހާއިރުއެވެ. ހާދިސާގެ ރިޕޯޓް ލިބުމާ އެކު، ކޯސްޓްގާޑް މާލެ އޭރިއާ ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓް އެ ސަރަހައްދަށް ގޮސް އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ބޯޓުން ދަތުރުކުރި ފަސިންޖަރުންގެ ތެރޭގައި ހިމެނުނު ހަ އަންހެނުންނާއި ތިން ކުޑަކުދިނާއެކު ޖުމްލަ 19 މީހުން ކޯސްޓްގާޑް މާލެ އޭރިއާ ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓްގައި މިއަދު ހެނދުނު 06:25 ހާއިރު ވަނީ މާލެ ގެނެސްދީފައެވެ.

މި ބޯޓް ފުންކުރުމަށްޓަކައި ވެރިފަރާތުން ހޯދި އުޅަނދެއް އެ ސަރަހަށްދަށް ގޮސް ދަނީ ހަރަކާތްތެރިވަމުންނެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ