އެސްޓީއޯއިން ތެލުގެ އަގަށް ބަދަލުގެނެސްފިއެވެ.
އެސްޓީއޯއިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހިފެހެއްޓުމެއްނެތި އުފުލެމުންދަނިކޮށް ފެބްރުއަރީ މަހުގެ ފަހުކޮޅު ރަޝިޔާ އާއި ޔޫކްރޭނާއި ދެމެދު ފެށި ހަނގުރާމައާ ގުޅިގެން ތެލުގެ އަގު މައްޗަށްދާ ނިސްބަތް އިތުރަށް ހަލުވިވެފައިވާ ކަމަށެވެ.
އެހެންކަމުން، މިރެއިންފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަން ތަކުން ތެޔޮ ލިބޭނެ އަގުތަކަށް ބަދަލުގެނެސްފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެގޮތުން ދެން ޕެޓްރޯލް ލީޓަރެއް ލިބޭނީ 14.60 ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް ލިބޭނީ 14.80ރ. އަށެވެ.
އެސްޓީއޯ އިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެ ކުންފުނިން ފޯރުކޮށްދޭ އެންމެހާ ޚިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިއުމަށް ކަމަވެސް އެސްޓީއޯއިން ބުނެއެވެ.


