ހަނިމާދޫ ސްކޫލް އިންޓަރ ހައުސް ހޭންޑްބޯލް އަދި ފުޓްސަލް މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ސްކޫލް އިންޓަރ ހައުސް ހޭންޑްބޯލް އަދި ފުޓްސަލް މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މި މުބާރާތްތައް ކުރިއަށް ގެންގޮސްފައިވަނީ ހަނިމާދޫ ސްކޫލް ކީ ސްޓޭޖު 3 އަދި 4ގެ ދަރިވަރުންގެ މެދުގައި މިމަހު 1 ވަނަދުވަހުން 7 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހަނިމާދޫ ސްކޫލުން ބުނީ މިފަދަ މުބާރާތެއް ކާމިޔާބު ކަމާއެކު ނިންމާލެވުނީ ގިނަބައެއްގެ އެހީތެރި ކަމާއެކުގައި ކަމަށާ އެގޮތުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އަދި ސާއްބަ އެކުވެރި ކުލަބު އަދި ހަނިމާދޫ ފުލުހުންގެ އިދާރާއިން ރެފުރީން ފޮނުވައިދެއްވާފައި ވާތީ އެ ފަރާތަކަށް ޝުކުރު ދެނެވިއެވެ. އަދި ހަނިމާދޫ ކައުންސިލްގެ އެންމެހާ އެހީތަކާ ވިގަރ ފިހާރަ އަދި އަލޫފް ފިހާރައިން ވެދެއްވާފައިވާ އެހީއަށް ޝުކުރު އަދާކޮފައިވެއެވެ. އަދި އެފަރާތްތަކަށް އެކަމުގެ އަގުވަޒަކޮޮށް ހަނދާނީ ލިޔުން ހަވާލު ކޮށްފައިވެއެވެ.

ހަނިމާދޫ ސްކޫލް އިންޓަރ ހައުސް ހޭންޑްބޯލް މުބާރަތުގެ ފައިނަލްގައި ފާށަނާ ހައުސް އަދި ދޮށިމޭނާ ހައުސް ބަދަލުކޮށް 10 ލަނޑު 11 ލަޑުން މެޗު ކާމިޔާބުކޮށް ފަހުރުވެރި އެއްވަނަ ހޯދީ ދޮށިމޭނާ ހައުސްއެވެ.

މި މުބާރަތުގެ ޑްރީމް ޓީމް ވަނީ ހޮވާފައެވެ. އެ ޓީމްގައި ހިމެނީ

  • ފާތިމަތު ނާޝް / ފާށަނާ ހައުސް
  • އައިމިމަތު އަޒުމާ / ދޮށިމޭނާ ހައުސް
  • ޢާއިޝަތު ލީމް އިލްޔާޝް / ފާށަނާ ހައުސް
  • އައިމިނަދު ދީނާ / ޣާޒީ ހައުސް
  • އައިމިނަދު ނަދުހާ / ފާށަނާ ހައުސް
  • މަރިޔަމް އަބްދުﷲ / ފާށަނާ ހައުސް
  • ފާތިމަތު ފަރަހަ / ދޮށިމޭނާ ހައުސް

ހަނިމާދޫ ސްކޫލް އިންޓަރ ފުޓްސަލް މުބާރާތު ފައިނަލްގައި ވާދަކުރީ ދޮށިމޭނާ ހައުސް އަދި ހުރަވީ ހައުސް އެވެ. އެ މެޗު 2 ލަނޑު 8 ލަނޑުން ކާމިޔާބުކުރީ ދޮށިމޭނާ ހައުސް އެވެ. މި މުބާރާތުގެ ފެއާޕުލޭ ކުޅުންތެރިއަކަށް ހޮވުނީ ޣާޒީ ހައުސްގެ އަފުރާޙް ހަސަން އެވެ.

ހަނިމާދޫ ސްކޫލް އިންޓަރ ފުޓްސަލް މުބާރާތު ޑްރީމް ޓީމް ހޮވާފައި ވާއިރު އެ ޓީމުގައި ހިމެނެނީ ދޮށިމޭނާ ހައުސްގެ ހުސެން ސަލްވާން އާއި އަލީ ހައިޝަމް އެވެ. އަދި ފާށަނާ ހައުސްގެ އަހްމަދު ޒަޔާން އާއި މުޙައްމަދު ޒަމާއު އަހްމަދުގެ އިތުރުން ހުރަވީ ހައުސްގެ ހުސައިން އަކްމަލް އެވެ. ޣާޒީ ހައުސްގެ ދަރިވަރަކު ޑްރީމް ޓީމްގައި ހިމެނިފައި ނުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ