އެސްޓީއޯގެ ކުރިމަތިލުމަށް ހުޅުވާލައިފި 

ޚަބަރު ފަހުގެ


އެސްޓީއޯގެ ބޯޑަށް ކުރިމަތިލައްވާ ކެނޑިޑޭޓުން އިވެލުއޭޓް ކުރުމުގައި “ޖެންޑާރ ޑައިވަރސިޓީ” އަށް ޚާއްސަ އިސްކަމެއް ދެވޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެސްޓީއޯއިން ވަނީ އެކުންފުނީގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލްކުރުމަށް ޑިރެކްޓަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންހެނުންނަށް އިސްކަންދޭ ގޮތަށް ހުޅުވާލައިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެ މަގާމަށް ކުރިމަތިލެވޭނީ ޖުމްލަ 19 ޝަރުތެއް ފުރިހަމަވާ މީހުންނަށެވެ. އޭގެ ތެރޭގައި 30 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުމާއި ކުންފުނީގެ ހިއްސާދާރަކަށް ވުން ހިމެނެ އެވެ.

އަދި ވިޔަފާރިއާއި ގުޅުން ހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައި ވުމާއެކު ފަސް އަހަރުގެ ތަޖުރިބާ ހުރުން ވެސް ހިމެނޭ ކަމަށްވެސް މަގާމަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ސަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

އެސްޓީއޯގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އެއް ޑިރެކްޓަރު އައްޔަނުކުރަން ގަވާއިދުގައި ބަޔާންކޮށްފައިވާއިރު، އެ މަގާމަށް ކުރިމަތިލާ ފަރާތްތައް އިވެލުއޭޓް ކުރުމުގައި “ޖެންޑާ ޑައިވާސިޓީ” އަށް އިސްކަންދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެސްޓީއޯއިން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 31 ވަނަ ދުވަހުގެ 16:00 ނިޔަލަށް ހަމަވާނެ ކަމަށެވެ. އަދި މަ އެސްޓީއޯގެ ވެބްސައިޓުގައިވާ ޕޯޓަލް އިން ނުވަތަ އީމެއިލް މެދުވެރިކޮށް ވެސް ފޮނުވޭނެ އެވެ. އަދި، އިންތިހާބުގައި ވާދަކުރުމުގެ ފޯމް ވެސް އޮންލައިންކޮށް ފުރުމަށް ފަހު ވެބްސައިޓު މެދުވެރިކޮށް ހުށަހެޅޭނެ އެވެ.

އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރު ހޮވުމަށް ހަމަޖެހިފައިވަނީ އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ