ކުރިއަށް އޮތް ރޯދަ މަހުގައި ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތު އިކޮނޮމިކް މިނިސްޓްރީން އާންމު ކޮށްފިއެވެ.
އެ މިނިސްޓްރީން ބުނީ ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހާ ހަމައަށް، މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން މެންދަމު 1:00 އަށްކަމަށެވެ.
އަދި ރޯދަމަހުގެ ރޭގަނޑުގެ ވަގުތުގައި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން، ހަވީރު 5:30 އިން މެންދަމު 3:00 އާ ހަމައަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
އަދި ރޯދައަށް ފަހު، ޝައްވާލު މަހުގެ ފުރަތަމަ ހަފްތާގައި ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދުގައިކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.


